މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ފާހާނާތައް މަރާމާތުކޮށްދިނުމާއި ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

ނަންބަރު:GS-85/IUL/2025/10

އިޢުލާން

 

މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން :

  1. މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދިނުމާއި ސްކޫލްގެ ފާހާނާތަކުގެ ފެންހިންދާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޖުލައި 13 ން 2025 ޖުލައި 16 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މެއިލް ސްކޫލަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

އީމެއިލް: [email protected]

  1. މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖުލައި 21 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 23 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލް ގައެވެ.

 

މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

ފޯން: 6500536

އީމެއިލް: [email protected] 

13 ޖުލައި 2025
ހޯދާ