ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމު: |
އެސިސްޓެންޓް ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-380554 |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ޖީ . އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ، ށ ފުނަދޫ / ޓްރެއިނިންގ ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ |
މުސާރަ: |
-/4465 ރުފިޔާ ( މަހަކު ) |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ ( މަހަކު ) |
އެހެނިހެން އެލަވަންސް: |
1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ 4 ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ 5 ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 2-ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3-މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްކުރުން 4-ކަނޑައެޅޭ އުޞޫލެއްގެމަތީން އޮފީސް ހުޅުވާ ބަންދުކުރުން 5-ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން. 6-އަތޮޅު ކައުންސިލުން ނިންމާ ނިންމުންތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ގޮތުން ކައުންސިލު ބައްދަލުވުންތަކުގެ ވީޑިއޯ ގްރެފިކްސް ކޮންޓެންޓް ތައްޔާރުކޮށް އާއްމުކުރުން 7-އަތޮޅު ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުންތަކާއި، ހަފްލާތާކާއި އަދި އިވެންޓްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ބޭނުންވާ ވީޑީއޯ ކޮންޓެންޓް ތައްޔާރުކޮށް އާއްމުކުރުން 8-އަތޮޅުކައުންސިލުން ރާވާހިންގާ އެކި އެކި ޕްރޮގްރާމްތައް އިސްތިހާރުކޮށް ޚަބަރު ފެތުރުމަށް ބޭނުންވާނެ އެކިއެކި ގްރެފިކްސް ކޮންޓެންޓް ތައްޔާރުކޮށް އާއްމުކުރުން 9-އަތޮޅުކައުންސިލް އިން ކުރާ ދަތުރުތަކުގައި ބައިވެރިވެ އެފަދަ ދަތުރުތަކުގެ ޚަބަރާއި މަޢުލޫމާތު ހާމަކުރުމަށް ބޭނުންވާނެ ވީޑިއޯކޮންޓެންޓް ތައްޔާރުކޮށް އާއްމުކުރުން 10-އަތޮޅުކައުންސިލުގެ ވިޔަފާރިތައް ކުރިއެރުވުމަށް ސޯޝަލް މީޑިއާ ފޭސްބުކް، އަދި ވެބްސައިޓްއަށް ބޭނުންވާ އިޝްތިހާރުތައް ތައްޔާރުކޮށް އާއްމުކުރުން 11-އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އަތޮޅުކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން 12-އަތޮޅުކައުންސިލް އިން ބާއްވާ ތަފާތު ބައްދަލުވުންތަކާއި ހަފްލާތަކާއި އިވެންޓްތަކާއި، އަދި ދަތުރުތަކުގެ ފޮޓޯ ނެގުމާއި ވީޑިއޯ ރެކޯޑްކޮށް އަރުޝީފްކޮށް ބެލެހެއްޓުން 13-އަތޮޅުކައުންސިލް އިދާރާގެ އުފުލޭ މެޝިނަރީތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން 14-ކައުންސިލު އިދާރާގެ މުވައްޒަފުންގެ އޮފީސްކާޑާއި، އެކިއެކި ބޭނުންތަކަށް ޕްރިންޓުކުރަން އެދޭ ކާޑު ޕްރިންޓްކުރުން 15-އިޖުތިމާޢީ ރައްކާތެރިކަމާއި ގުޅޭމައްސަލަތައް ލިޔެބެލެހެއްޓުން 16-ކައުންސިލުގެ ޚަބަރު ފެތުރުމާއި ބެހޭ ގޮތުން މީޑިއާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޢާއްމުކުރެވޭ ލިޔެކިއުންތަކުގެ ރެކޯޑް ބެލެހެއްޓުން 17-ކައުންސިލުން ބަލަހައްޓަން ކަނޑައަޅާ ތަފާސް ހިސާބުތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން 18-މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ މަސައްކަތްތަކުގެ ލިޔެކިޔުންތައް ކިޔެ ބެލެހެއްޓުން 19-މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން |
މަޤާމުގެ ޝަރުޠުތައް: |
1-ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން. ނުވަތަ، 2-ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ވަޒީފާގެ ދާއިރާ އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް މަޤާމުގެ ތަޢުލީމީ ރޮނގުތައް ނެތް ކޯ ޑިސިޕްލިން ނެތް ޕްރިފަރޑް ޑިސިޕްލިން ނެތް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ 2025 ޖުލައި 24 އާއި 2025 އޮގަސްޓް 20 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |