މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު!

އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކަށުކަމާކެމި ކަންތައްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި، މިރަށުގައި ޖަނާޒާ ކޯހެއް ހިންގުމަށް ނިންމާފައިވާތީ  މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު، ޢުމުރުން 18 އަހަރުން މަތީގެ އަންހެން ބޭފުޅުންނަށް ހުޅުވާލަމެވެ. މި ކޯސް ކުރިއަށްދާނީ 03 (ތިނެއް) ހަފުތާގެ މުއްދަތަށެވެ. ކިޔެވުން އޮންނާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ހުކުރު ހޮނިހިރު، މި ތިން ދުވަހުއެވެ. މިކޯހުގައި ބައިވެރިވެލައްވާ އެއްވެސް ބައިވެރިއެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯހުން ފާސްވެ ސެޓްފިކެޓް ޙާސިލް ކުރާފަރާތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޫކުރާ " ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ" ހޯދައިދެވޭނެއެވެ. މި ކޯހުގައި އަންނަނިވި ކަންތައްތައް ދަސްކޮށްދެވޭނެއެވެ.

v     މަރުވުމަށްފަހު ހިނެވުމުގެކުރިން ކުރަންޖެހޭ އެންމެހައި ކަންކަން.

v     ހިނެވުމާގުޅޭ އެންމެހައި ކަންކަން.

v     ކަފުންކުރުމާ ގުޅޭ އެންމެހައި ކަންކަން.

v     ސަންދޯކުއެޅުމާ ގުޅޭ އެންމެހައި ކަންކަން.

v     ކަށުނަމާދު ކުރުމާ ގުޅޭ އެންމެހައި ކަންކަން.

v     ވަޅުލުމާގުޅޭ އެންމެހައި ކަންކަން.

v     ވަޅުލުމަށްފަހު މައްޔިތާއަށް އަދާކޮށްދޭންޖެހޭ އެންމެހައި ކަންކަން.

ވީމާ، މި ކޯހުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ކަނބަލުން މި އިދާރާއިން ދޫކުރާ މިކަމާބެހޭ ފޯމު ނަންގަވައި ފުރިހަމކުރައްވައި 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ އޮފިސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

10 ޖުލައި 2025
ހޯދާ