މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ އެގްޒަމިނަރުން ހޯދުން

މިކައުންސިލުން ދޫކުރަމުންގެންދާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ދެމުންގެންދާ އެގްޒަމިނަރުންގެ މުއްދަތު ހަމަވެފައިވާތީ، އެގްޒަމިނަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު: 2 ( ދޭން )

އުޖޫރަ: އިމްތިޙާނު ދެވޭ ކޮންމެ ފަހަރަކަށް -/20 ( ވިހި ) ރުފިޔާ

އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ އެގްޒަމިނަރުންގެ ޝަރުޠުތައް:

1-     ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީ ތަކުގެތެރެއިން މަދުވެގެން  A0,A1,B1,B2,B0,B3,B4,C1,C2,C3,C0,C4,D,V1) )އޮތް މީހަކުކަމުގައިވުން

2-     ފާއިތުވެދިޔަ 5 އަހަރު ލޭންޑް ޓްރެފިކް ޤަވާޢިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ މީހަކަށް ނުވުން

3-     ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

4-     ޢުމުރުން 55 އަހަރުނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން

އެގްޒަމިނަރުން ހޮވުމުގައި ރަސްމީގަޑީގައި ފަސޭހައިން އާދެވޭ ފަރާތްތަކަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ދާންޖެހިއްޖެ ޙާލަތެއްގައި ރަށްރަށަށް ދެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިމަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާނީ އިންޓަވިއޫ ކުރުމަށްފަހު އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް.

1-     3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް

2-     ފުރިހަމަ ކޮށްފައިވާ ކުށުގެ ރިކޯރޑް ފޯމް

3-     މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީ

4-     ލައިސަންސްގެ ކޮޕީ

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2025 ދުވަހުގެ 14.00 ގެ ކުރިން މިކައުންސިލަށް ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ސިޓީ އަކުން ހުށަހެޅުން އެދެމެވެ. އީމެއިލް ކުރައްވާނަމަ. [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

10 ޖުލައި 2025
ހޯދާ