މަޤާމް:
|
ސީނިއަރ ސިސްޓަމް އެނަލިސްޓް
|
ބޭނުންވާ ޢަދަދު:
|
01
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 3
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒިފާއަދާ ކުރަންޖެހޭ ތަން:
|
ކައުންސިލް ޑިޖިޓަލައިޒޭޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ / މާލެ
|
އަސާސީ މުސާރަ:
|
7035.00 ރ
|
ސަރވިސް އެލަވަންސް:
|
2000.00 ރ
|
އެހެނިހެން އެލަވަންސް:
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
އަސާސީ މުސާރައިގެ 50% (ފަންސާސް އިންސައްތަ)
|
ލިވިންގ އެލަވަންސް:
|
4000.00ރ (ޕްރޮބޭޝަނަށް ފަހު)
|
ހާޒިރީ އެލަވަންސް:
|
200ރ (ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް)
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.
|
މަޤާމުގެ އަސާސީ ޝަރުތު:
|
1. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން މަޢުލޫމާތު:
|
މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވޯކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ
ތަޢުލީމީ ރޮނގުތައް:
- ކޮްމްޕިއުޓަރ ސައިންސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވާކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ސޮފްޓްވެއަރ
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 8 ގެ ސަނަދެވެ. އަދި ލެވެލް 9 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.
- ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އީ-ސަރވިސަސް ކަނޑައެޅުމާއި، އެކަންކަން ޤާއިމްކޮށް އަޕްގްރޭޑްކުރުމަށް އެހީތެރިވެދިނުން.
- ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮންލައިން ޕްލެޓްފޯމްތައް ޤާއިމްކޮށް އަޕްގްރޭޑްކުރުމުގައި އެހީތެރިވެދިނުން.
- ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ފަރުމާކުރެވޭ ސޮޕްޓްވެއަރ އަދި އެޕްލިކޭޝަންތައް ޑިވޮލޮޕްކުރުމާއި ރޯލްއައުޓް ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
- އީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކައް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ދިނުން.
- ކައުންސިލްތަކުގެ އައި.ޓީ އެންމެހައި ކަންތައްތަކާއި ގުޅޭ ގޮތުން އަންނަ ޝަކުވާތަކާއި މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި ފަންނީ ލަފާ ދިނުން.
- ކައުންސިލްތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކައުންސިލްތަކުގެ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދިނުން.
- ކައުންސިލްތަކުގެ މުވާޞަލާތީ ޚިދުމަތަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ތަރައްޤީކުރުމަށް މަސައްކަތް ކުރުން .
- ކައުންސިލްތަކުގެ އައި.ޓީ ވަސީލަތްތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި، ކައުންސިލްތަކުގެ އައިޓީ އާވަސީލަތްތަކަށް މުވައްޒަފުން ތަމްރީނު ކުރުވުން.
- ކައުންސިލްތަކުގެ ވެބްސައިޓަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުން.
- ކައުންސިލްތަކުގެ އިންޓްރާ ނެޓްވޯކް ޤާއިމްކުރުމުގައި އެހީތެރިވެދިނުން.
- އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުން ހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން.
- އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާއި އަދި ކައުންސިލްތައް މޮނިޓަރ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
-
ކައުންސިލްތަކުގައި ބޭނުންކުރާ ރަސްމީ މެއިލް އާއި މުވައްޒަފުން ބޭނުންކުރާ ރަސްމީ މެއިލްއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުން.
-
އޮތޯރިޓީން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ މައްޗަށް އެކުލަވާލާ " މަންތްލީ ރިޕޯޓް" އެކުލަވާލުމަށް އެހީތެރިވެދިނުން.
-
ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީމެއިލް ފަދަ ތަކެތީގެ ތެރެއިން ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް ސެކްޝަނުން ޖަވާބު ދާރީވާންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދާރީވުން.
-
އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލްކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
-
އޮފީހުގެ ކަންކަން ޤާނޫނީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ހަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާހައުލެއް އުފެއްދުން.
- މިނޫންވެސް އޮފީހުން ހަވާލުކުރެވޭ އޮފީހާއި ގުޅުންހުރި ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
ނޯޓް:
- ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
- ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
- މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން: 40%
- މަސައްކަތު ތަޖުރިބާ: 12%
- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48%
- މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
|