ތިލަދުންމަތީ އުތުރުބުރީ އުލިގަމު ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތްތަކުގެ ދިޔަދޮތްވާއި، ބޭރު ސީލިންގް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިޢުލާން)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އުލިގަމު ސްކޫލު ޢިމާރާތްތަކުގެ ދިޔަދޮތްވާއި، ބޭރު ސީލިންގް މަރާމާތު މަސައްކަތް

މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވިތަކާއި، ބޭރު ސީލިންގްތަކުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)GS80/GS80/2025/15 (28 ޖޫން 2025) އާ ގުޅިގެން ހުށައަޅާފައިވާ އަގުތައް، މި މަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމާ ގުޅިގެން އިޢުލާން ބާޠިލްކޮށް، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2025 ޖުލައި 17 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯރމް" ފުރިހަމަކޮށް ހުށައަޅުއްވައި، ބިޑްގައި ރަޖިސްޓްރީ ކުރެއްވުމަށް އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ހުށައެޅޭނެ ފަރާތްތަކުގެ ތަފްޞީލް، މި އިޢުލާނާއެކު ހިމަނާފައިވާ ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައި ވާނެއެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/91NALgek2r4HXqBh9

ބީލަން ހުށައެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 21 ވަނަ ދުވަހު 13:00 ގައި އުލިގަމު ސްކޫލް އޮފީހުގައެވެ. ބީލަން ފޮތް މި އިޢުލާނާއެކު ޢާއްމުކޮށްފައި ވާނެއެވެ.

ބީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

އެޑްމިނިސްޓްރޭޝަން ސެކްޝަން

އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ

ފޯން: 6500548

އީމެއިލް: [email protected]

10 ޖުލައި 2025
ހޯދާ