ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކޮމަންވެލްތް ބީޗް ހޭޑްބޯލް ޓޯނަމެންޓް 2025" ގައި ލިއޭޒަން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނޭ ވޮލަންޓިއަރުން ހޯދުން

2025 ސެޕްޓެންބަރ މަހު 18 އިން 23 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ބީޗް ހޭޑްބޯލް ޓޯނަމެންޓް 2025 ގައި ލިއޭޒަން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނޭ، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކަން ދަންނަ، 16 އަހަރާއި 30 އަހަރާ ދެމެދުގެ 20 ވޮލަންޓިއަރުން ހޯދުމަށް ބޭނުންވެއެވެ. އެގޮތުން ފުރަތަމަ ފޯމް ފުރިހަމަކުރައްވާ 20 ފަރާތަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި އެލަވެންސްގެ ގޮތުގައި (ދުވާލަކު 200 ރުފިޔާ، ތިން އިރުގެ ކެއުން އަދި އޮފިޝަލުންގެ ޖާރޒީ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގެ ލިއޭޒަން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ދަންނަވަމެވެ.

 

         ލިންކު: https://shorturl.at/7uaXp

 

 

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527122 އަށް ގުޅުއްވުން އެދެމެވެ.

10 ޖުލައި 2025
ހޯދާ