ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ރަށުކައުންސިލްގެ އިދާރާތަކަށް ބޭނުންވާ އެޗް. އާރ. ސޮފްޓްވެއަރ ހޯދުން

މިއިދާރާއިން ކޮޅުމަޑުލު ރަށުކައުންސިލްގެ އިދާރާތަކާއި، މި އިދާރާއަށް، އެޗް. އާރ ސޮފްޓްވެއަރ ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެޗް.އާރ ސޮފްޓްވެއަރ ހޯދައި ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް، ނުވަތަ ފިސިކަލް ފޯމު ބޭނުންކޮށްގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، ބީލަން ހުށަހެޅުން އެދެމެވެ. އިތުރު ތަފްޞީލް ތިރީގައި މިވަނީއެވެ.

  • ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު: 15 ޖުލައި 2025 ދުވަހުގެ 13:00 ގެ ކުރިން.
  • ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/RPyKQ97USx
  • ބީލަން ހުށަހެޅުން: 21 ޖުލައި 2025 ދުވަހުގެ 11:00 ގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގައި އޮންނާނެ، (15 ޖުލައި 2025 ދުވަހުގެ 13:00 ގެ ފަހުން ރަޖިސްޓްރީވާ ފަރާތެއްގެ ބީލަން ބަލައެއްނުގަނެވޭނެއެވެ.)
  • ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހަޅާއިރު މައުލޫމާތު ކަރުދާހުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ނުވާނަމަ ބީލަން ބަލަން ބާތިލުވާނެއެވެ.
  • މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780741 ނުވަތަ 7789147 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • އީމެއިލް އެޑްރެސް: [email protected]  

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ޖުލައި 2025
ހޯދާ