ދިވެހިރާއްޖެ
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2025/140 (1 ޖުލައި 2025) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
މި ވުޒާރާގެ ދަށުން ހިންގަމުންދާ އުމަރު ޒާހިރު ބިލްޑިންގގެ (ޕްރޮޖެކްޓްމެނޭޖްމަންޓް ޔުނިޓް) އޮފީސް 3 އަހަރުގެ މުއްދަތަށް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ތާރީޚަށް ބަދަލު ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 15 ޖުލައި 2025، 13:30 އަށް (މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ އަށް ބިޑް ހުށަހެޅުން)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.