ދިވެހިރާއްޖެ
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތަށް ގެނެވިފައިވާ އިޞްލާޙެކެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރި ކަމުގެ ކޯސްތަކުގެ އަތްމަތީ ފޮތުގެ 88 ވަނައަށް އޮތް ކޯހުގައި ދިވެހިބަހުން ކޯސް ހިންގޭނެކަމަށް ލިޔެފައިވަނީ އޮޅުމަކުންނެވެ. އެކޯސް ހިންގުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ސެންޓަރ ފޮރ އޯޕަން ލަރނިންގ
ޑިޕްލޮމާ އިން ބިޒްނަސް
މުއްދަތު: 2.5 އަހަރު (5 ސިމެސްޓަރ)
ޖާގަ: 150 (ޖުމްލަ)
ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް
ކޯސް ހިންގާ ކެމްޕަހާއި ސެންޓަރ: ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ބ. އޭދަފުށި (30 ޖާގަ)، ގދ.ތިނަދޫ (30 ޖާގަ)، ދ. ކުޑަހުވަދޫ (30 ޖާގަ)، ޏ.ފުވައްމުލައް (30 ޖާގަ)
ތަޢާރުފު:
ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތުގެ މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓުގެ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ
ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ
ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން.
ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.