ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
'ބީ' ލައިސަންސް ކޯހުގައި ބައިވެރިވުން

"ބީ" ލައިސަންސް  02 ން 20 ޑިސެންބަރު 2015 / މާލެ.

މިއެސޯސިއޭޝަނުން "ބީ" ލައިސަންސް 02 ން 20 ޑިސެންބަރު 2015 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ބައިވެރިވެލަންވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠު ތިރީގައި މިވަނީއެވެ.

ޝަރުޠު:

  • ކޯޗިން ސީވީ އެއް ހުށަހެޅުން.
  • "ސީ" ލައިސަންސްގެ ކުލަ ކޮޕީއެއް ހުށަހެޅުން.
  • "ސީ" ލައިސަންސް އޮތުމާއި މިހާރުވެސް ކޯޗިން ދާއިރާގައި މަސައްކަތް ކުރުން.
  • އައި.ޑީ.ކާޑުގެ ކުލަ ކޮޕީއެއް ހުށަހެޅުން.
  • ޕާސްޕޯޓް ސައިޒުގެ ކުލަކޮޕީއެއް ހުށަހެޅުން.
  • އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން (ލިޔުމާއި، ވާހަކަ ދެއްކުން) އެނގުން.
  • ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެންބަރުމަހުގެ 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދި ފޯމާއެކު ސީވީ މިއެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިއެސޯސިއޭޝަނުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2015
ހޯދާ