ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތުތައް (ޓާރމް 1- 2016)

2016 ވަނަ އަހަރުގެ 1 ވަނަ ޓާރމަށް އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ސްކޮލަރޝިޕަށް ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު 2016 ވަނަ އަހަރުގެ 1 ވަނަ ޓާރމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފުރަތަމަ ޓަރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް މި ސްކީމުގައި ހިމެނޭ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް، އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ދަޢުވަތު އަރުވަމެވެ.

ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ މާފުކުރުމެވެ. ނަމަވެސް މީގެ ތެރޭގައި ދަރިވަރުންގެ ޔޫނިއަނަށް ދައްކަންޖެހޭ ފީ  ހިމެނިފައެއް ނުވާނެއެވެ. އަންޑަރގްރެޖްއޭޓް ސްކޮލަރޝިޕްގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓުފިކެޓުން ފެށިގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް ދަރިވަރުންނަށް ކޯހުގެ ފީ ޔުނިވަރސިޓީން ދައްކައިދިނުމުގެ އިތުރުން، ފުލްޓައިމް މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ. ޕޯސްޓްގްރެޖްއޭޓް ސްކޮލަރޝިޕްގައި ހިމެނެނީ ފުލަޓައިމް ޕޯސްޓްގްރެޖްއޭޓް ކޯހެއްގައި ކިޔެވުމަށް ޓިއުޝަންފީއާއި ކޯހުގެ މުއްދަތު ނިމެންދެން ކަނޑައެޅިފައިވާ ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ.

ޓިއުޝަން ފީ ހިލޭ ކުރުން

އަދަދު: 20

މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު

ޢިނާޔަތްތައް

ހަމައެކަނި ކޯސް ފީ ޔުނިވަރސިޓީން ދައްކައިދިނުން

ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއް ކަމުގައިވުން

އިތުރު ބަޔާން

ޔުނިވަރސިޓީން ފީ ދައްކައިދޭނީ ކޯހުގެ ފުލްޓައިމް މުއްދަތަށް ފާސްވާ މާއްދާތަކަށް އެކަންޏެވެ.

ޓިއުޝަން ފީ ދެވޭނީ އަންޑަރގްރެޖުއޭޓް (އެޑްވާންސްޑް ސެޓުފިކެޓު/ޑިޕްލޮމާ/ބެޗްލަރ) 18 ދަރިވަރުންނަށާއި   ޕޯސްޓްގްރޭޖުއޭޓް 2 ދަރިވަރުންނަށެވެ.

މި ސްކޮލަރޝިޕް ދިނުމުގައި މަތީ ޘާނަވީ ފެންވަރުން ވަދެވޭ ކޯސްތަކަށް އިސްކަން ދެވޭނެއެވެ.

 

އަންޑަގްރެޖުއޭޓް ސްކޮލަރޝިޕް

އަދަދު: 2

މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު

ޢިނާޔަތްތައް

  • ދަރިވަރު ކިޔަވާ ކޯހުގެ ޓިއުޝަން ފީ ޔުނިވަރސިޓީން ދައްކައިދޭނެއެވެ.
  • ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ
  • ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ
  • ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ

ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު

  • އޯލެވެލް/އެސް.އެސް.ސީ. އިން މަދުވެގެން 5 މާއްދާ އިން "އޭ" ލިބިފައިވުން. ނުވަތަ އެޗް.އެސް.އީ/އޭލެވެލް އިމްތިޙާނުން މަދުވެގެން 3 މާއްދާއިން "އޭ" ލިބިފައިވުން.
  • ޔުނިވަރސިޓީއަކުން އަންޑަރގްރެޖުއޭޓް ކޯހެއް ހަދާފައި ނުވުން.

 

ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް

އަދަދު: 2

މުއްދަތު: ފުލްޓައިމް ކޯހެއްގެ މުއްދަތު

ޢިނާޔަތްތައް

  • ދަރިވަރު ކިޔަވާ ކޯހުގެ ޓިއުޝަން ފީ ޔުނިވަރސިޓީން ދައްކައިދޭނެއެވެ.
  • ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/7000 ރުފިޔާ
  • ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ
  • ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ

ސްކޮލަރޝިޕްގެ އަސާސީ ޝަރުޠު

  • އަންޑަރގްރެޖުއޭޓް ކޯހުގައި ދަށްވެގެން ސީ.ޖީ.ޕީ.އޭ 3.0 (ނުވަތަ އެއާ އެންމިންވަރެއް) ހޯދާފައިވުން.
  • ކިޔަވަންގަސްދުކުރާ ކޯހަކީ އަންޑަރގްރެޖުއޭޓް ހަދާފައިވާ ދާއިރާގެ ކޯހެއްކަމުގައިވުން.

އެމް އެން ޔޫ ސްކޮލަރޝިޕްތަކުގެ ޢާންމު ޝަރުޠުތައް

 

  • ދިވެހިރައްޔިތެއްކަމުގައިވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހަކުން ޖާގަ ލިބިފައިވުން.
  • ކިޔެވުމަށް އެހެން ސްކޮލަރޝިޕެއް ލިބިފައި ނުވުން.
  • ދަރިވަރު ކިޔަވަމުންދަނިކޮށް، އެހެން ފަރާތެއްގެ ސްކޮލަރޝިޕެއް ލިބިއްޖެނަމަ، ޔުނިވަރސިޓީގެ ސްކޮލަރޝިޕްގެ ފައިސާ ދިނުން ހުއްޓާލެވޭނެއެވެ. އަދި، އަގުގެ ގޮތުން އަގު ބޮޑު ސްކޮލަރޝިޕެއް ލިބިއްޖެނަމަ، މި ސްކޮލަރޝިޕް ގެއްލޭނެއެވެ.
  • ސްކޮލަރޝިޕް ދޭ އެއްވެސް ދަރިވަރަކު އޭނާގެ ކޯސް ފަސްކޮށްފިނަމަ (ޑިފަރކޮށްފިނަމަ) ސްކޮލަރޝިޕް ގެއްލޭނެއެވެ.
  • ސްކޮލަރޝިޕް ދެވެން ފަށާނެ ތާރީޚު އެ ސްކޮލަރޝިޕް ލިބުނުކަން އަންގާ ސިޓީގައި ބަޔާން ކުރެވިފައި ވާނެއެވެ.
  • ދަރިވަރަކު އެއްވެސް މާއްދާއަކުން ފެއިލް ވެއްޖެނަމަ، އެ މާއްދާއެއް ދެން ކިޔަވަންޖެހޭނީ ދަރިވަރުގެ އަމިއްލަ ޚަރަދުގައެވެ. ކޯސް ކިޔަވަންވާނީ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައެވެ.
  • ސްކޮލަރޝިޕްގެ ދިގުމިނަކީ ރަޖިސްޓަރީ ކުރި ކޯހުގެ ފުލްޓައިމް މުއްދަތެވެ. ސްކޮލަރޝިޕްގެ ފައިސާ ލިބުމަށްޓަކައި، ދަރިވަރު ފުލްޓައިމްކޮށް ކޯހުގައި ކިޔަވަމުންދާން ވާނެއެވެ.
  • ދަރިވަރު ކިޔަވާ ކޯސް ބަދަލުކޮށްފިނަމަ، ސްކޮލަރޝިޕް ހުއްޓާލެވޭނެއެވެ.
  • ކޯހުގެ ފުލްޓައިމް މުއްދަތު ހަމަވުމުން ސްކޮލަރޝިޕް ފައިސާ ދިނުން ހުއްޓާލެވޭނެއެވެ. ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލަރޝިޕްގެ ފައިސާ ދިނުން ހުއްޓާލެވޭނެއެވެ. މީގެ އިތުރަށް ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން %80 އަށް ވުރެ މަދުވެއްޖެނަމަ، ސްކޮލަރޝިޕް ދިނުން ހުއްޓާލެވޭނެއެވެ.
  • ޓިއުޝަން ފީ ސްކޮލަރޝިޕް ފިޔަވައި، އެހެން ސްކޮލަރޝިޕެއް ލިބޭ ދަރިވަރުން ފުލްޓައިމް ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ.
  • ކޯސް ނުނިމެނީސް ކިޔެވުން ހުއްޓާލައިފިނަމަ، ނުވަތަ ކޯސް ބަދަލުކޮށްފިނަމަ، އެކަމެއް ހިނގި ޓާރމެއްގެ ފައިސާ އަނބުރާ ޔުނިވަރސިޓީއަށް ދައްކަން ޖެހޭނެއެވެ.

ސްކޮލަރޝިޕަށް ކުރިމަތިލުމާއި ދަރިވަރުން ހޮވުން

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި 2016 ވަނައަހަރުގެ ފުރަތަމަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް އެދަރިވަރަކު ކުރިމަތިލާ ކޯހަކާއެކު ސްކޮލަރޝިޕަށް އެދި ހުށަހެޅިދާނެއެވެ.
  • ޔުނިވަރޝިޓީގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލާނީ އެކަމަށް އެދި ހުށަހަޅާ ފޯމުންނެވެ. މިފޯމު ލިބެން ހުންނާނީ ސްޓޫޑަންޓް ސަޕޯޓް ސަރވިސަސްއިންނެވެ. އަދި ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެއެވެ. ސްކޮލަރޝިޕް ލިބޭނީ 2016 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އެ ފޯމުގައި ބަޔާން ކުރެވިފައި ވާނެއެވެ. އަދި މިފޯމާއެކު ދަރިވަރަށް ކޯހުން ފުރުޞަތު ލިބުނުކަން އަންގައި ލިޔުން ހުށަހެޅުން އެދެމެވެ.
  • މިސްކޮލަރޝިޕަށް ހޮވާނީ ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުން އެއްވަރުވެއްޖެނަމަ، ލާނީ ޤުރުޢަތެވެ.

ސްކޮލަރޝިޕް ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚު

4 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖީ-ބުލޮކުގައި ހުންނަ ސްޓޫޑަންޓް ސަޕޯޓް ސަރވިސަސްއަށެވެ.

15 ސެޕްޓެންބަރު 2015
ހޯދާ