މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު ކައުންސިލްގެ ދެ ލޯންޗަށް ޕެޓްރޯލް އަޅައިދޭނެ ފަރާތެއް ހޯދުން

ރ އަތޮޅު ކައުންސިލްގެ އަރުތަ ލޯންޗް އަދި އަކުރިސް ލޯންޗަށް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕެޓްރޯލް އަޅާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރީމެވެ.

ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ ސަމާލުކަމަށް ތިރީގައިވާ ތާވަލު ހިއްސާކުރީމެވެ.

ހަރަކާތް 

 ތާރީޚް

  ގަޑި

 ތަން

މައުލޫމާތު ސާފުކުރުން

 16 ޖުލައި 2025

  13:00

 ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

 24 ޖުލައި 2025

  13:00 

 ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ

 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު ކައުންސިލްގެ 2 ލޯންޗަށް ޕެޓްރޯލް އަޅާދިނުން އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580556، 6580562  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

____________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]

09 ޖުލައި 2025
ހޯދާ