ދިވެހިރާއްޖެ
މިއަހަރު އދ. ފެންފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ކުޅިވަރު މުބާރާތް 2025 ގައި އދ.މަންދޫއިން ބައިވެރިވެފައިވާ ޓީމުތައް އދ. ފެންފުއްޓަށް ދަތުރުކުރާނެ 27 މީހުންގެ ޖާގައިގެ ސްޕީޑު ލޯންޗެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ތާވަލުކުރެވިފައިވާގޮތުން ފުރަތަމަ ދަތުރު 20 ޖުލައި 2025 ގައި މަންދޫއިން ފެންފުއްޓަށް، ދެވަނަ ދަތުރު 21 ޖުލައި 2025 ގައި މަންދޫއިން ފެންފުއްޓަށް، މުބާރާތް ނިމުމުން ކޮންމެ ޓީމެއްވެސް އެނބުރި މަންދޫއަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގެ ތާވަލުގެ ތެރެއިން ވަކި ޓީމެއް މަންދޫއަށް ގެނައުމާއި އަންބުރާ ފެންފުއްޓަށް ގެެންދިޔުންފަދަ އިތުރު ދަތުރެއް ކުރަން ޖެހިދާނެއެވެ. އެހެންކަމުން މިދެންނެވި ދަތުރުތައް ކޮށްދެވޭނެ މަދުވެގެން 27 މީހުންގެ ޖާގައިގެ އެކަށީގެންވާ ސްޕީޑު ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެއްވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.