އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރާ ތަންތަނުގެ ބޭރުގައި ފެންސް ނުވަތަ ބިތްގަނޑު ޖެހުމާބެހޭ

އިޢުލާން

ޢިމާރާތްކުރާ ތަންތަނުގެ ބޭރުގައި ފެންސް ނުވަތަ ބިތްގަނޑު ޖެހުމާބެހޭ

                 މިރަށުގައި ޢިމާރާތްކުރާ އެންމެހައި ތަންތަނުގެ ފައުންޑޭޝަން އެޅުމަށްފަހު އިތުރު މަސައްކަތެއް ފެށުމުގެ ކުރިން، މަގުކައިރީގައި ފެންސް ނުވަތަ ބިތްގަނޑު ޖެހުމަށް ފަހުގައި ނޫނީ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އަންގަމެވެ. އަދި ސިންގަލް ސްޓޯރީ ( އެއްބުރި) އަށްވުރެ މައްޗަށް ޢިމާރާތް ކުރާނަމަ ވަށައިގެން ހުންނަ ޢިމާރާތްތަކަށް ގެއްލުން ނުވާގޮތަށާއި މަގަށް ތަކެތި ވެއްޓި މަގުން ހިނގާބިނގާވާ މީހުންނަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިދާނެ ފަދަ އެއްޗެއް ނުވެއްޓޭނެކަން ކަށަވަރު ކުރެވޭ ގޮތަށް، ރަނގަޅަށް ފެންސް ނުވަތަ ބިތްގަނޑު ޖަހަންވާނެއެވެ.

               ޢިމާރާތް ކުރުމުގައި ކުރެހުން ފާސްކުރަންޖެހޭ ތަންތަނުގައި ކުރެހުން ފާސްކުރަން ހުށަހަޅާއިރު، އިމާރާތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލު އަދި ކަންކަން ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ކަނޑަ އެޅިފައި ވާނެއެވެ. މިގޮތޮން،  ކުރެހުން ފާސް ކުރުމަށް ހުށައެޅުމުގެ ކުރިން އެއުސޫލް ބަލައި އެއާއި އެއްގޮތަށް ޢަމަލު ކުރުމަށް އަންގަމެވެ.                                                                               

               ވީމާ، މިރަށުގައި ޢިމާތާރްކުރާ އެންމެހައި ފަރާތްތަކުން، އިމާރާތްކުރުމުގެ ކުރިން، މަތީގައި ބުނެފައިވާގޮތަށް، މަގުގައި ފެންސް ނުވަތަ ބިތްގަނޑު ޖަހައިގެން ނޫނީ މަސައްކަތް ނުކުރުމަށާއި، ފެންސް ޖެހުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުމަށް، މި އިޢުލާނާއެކު އެއް ހީރަސް ކޮށްފައިވާ ފޯމް ފުރައި ކައުންސިލްގެ އިދާރާއަށް ހުށައަޅައި ހުއްދަ ހޯދައިގެން ފެންސް ޖެހުމަށް އަންގަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

          

 

                                                  އިބްރާހީމް އުޘްމާން

                                                 ކައުންސިލްގެ ރައީސް

 

09 ޖުލައި 2025
ހޯދާ