ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 ޖުލައި 2025 14:32 ގައި ބާތިލް ކުރެވިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައިމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.
ބައްދަލުވުން އޮންނަ ތާރީޚް: 20 ޖުލައި 2025 (އާދިއްތަ)
ތަން: ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް)
ފަށާ ގަޑި: 20:30 (ރޭގަނޑު)
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 މުޙައްރަމު 1447