ދިވެހިރާއްޖެ
މި ކައުންސިލަށް 12 މީހުންގެ ޖާގައިގެ އައު ފައިބަރ ލޯންޗެއް (އިންޖީނު ނުލައި) ހޯދުމަށް ކުރި ނަންބަރު: IUL)233-ADS/233/2014/20) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 7778179/9975936 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގައި މާކްސް ދޭނެ ކަންތައްތައް:
# |
ތަފުސީލު |
މާކްސް (%) |
1 |
ލޯންޗްގެ ޖުމްލަ އަގު: (ޖީ.އެސް.ޓީ/ އެހެން ކޮމިޝަނެއްވާނަމަ އަގުގެތެރެއިން ވަކިން އެބައި އެނގޭގޮތަށް) |
50 |
2 |
މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާ މަސައްކަތްތައް) |
5 |
3 |
ފައިސާ ދައްކަން ހުށަހަޅާ ގޮތްތައް: ( ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް ) |
15 |
4 |
މުއްދަތު: ( މަސައްކަތްކޮށް ނިންމާ މުއްދަތު ) |
15 |
5 |
ވޮރަންޓީ ( ވޮރަންޓީގެ މުއްދަތު ) |
15 |
ހުށަހަޅުއްވާ އަންދާސީހިސާބާއެކު ލޯންޗުގެ މިންތަކާއި ލޯންޗްގައި ހުންނާނެ ތަކެތީގެ ތަފުސީލު ހުށަހަޅަންވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، މަސައްކަތް ކުރެވޭފަދަ ގާބިލުކަން މާލީގޮތުން ހުރި ފަރާތެއްކަން އެނގޭނޭ ލިޔުމުގެ ކޮޕީއާއި ފަންނީ ގާބިލުކަން ހުރި މިންވަރު އެނގޭނޭ (މީގެ ކުރިން ކޮށްފައިވާ މިވާބަތުގެ މަސައްކަތްތައް އެނގޭނޭ) ލިޔުމުގެ ކޮޕީގެ އިތުރުން ލޯންޗުގެ އެތެރެއާއި ބޭރުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ޕޮއިންޓް ދެވޭނީ އެކަމާގުޅޭ ލިޔުން ހުށަހެޅުމުންނެވެ.
ވީމާ، މި ކައުންސިލަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިއެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ގެންނަންވާނެއެވެ. އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
01 ޛުލްޙިއްޖާ 1436