ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އައި.ޓީ އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އައި.ޓީ އޮފިސަރ  

މަޤާމް ނަންބަރު:

TAT-136

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000  ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް:  -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޓްރައިބިއުނަލްގެ ފޯން ސިސްޓަމާއި، ކޮމްޕިއުޓަރވިޔުގަ ޤާއިމް ކުރުމުގެ މަސައްކަތް ކުރުމާއި، ވިއުގައަށާއި ކޮމްޕިއުޓަރ އަދި ފޯނުތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  • ޓްރައިބިއުނަލްގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ބެލެހެއްޓުމާއި މަރާމާތުކުރުވުން އަދި އެތަކެތި ހުރީ ރަނގަޅު ކޮންޑިޝަންގައިކަން ޔަޤީންކުރުން.
  • ޓްރައިބިއުނަލްގެ ވެބްސައިޓް ޤާއިމްކުރުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވެ ދިނުމާއި، ވެބްސައިޓް ބަލަހައްޓައި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޓްރައިބިއުނަލްގައި ބޭނުންކުރެވޭނޭ ސޮފްޓްވެއަރތަކާއި އިލެކްޓްރޯނިކްތަކެތި އަދި ހޯދަންޖެހޭ އައި.ޓީއާގުޅުންހުރި ތަކެތީގެ ރިކުއަރމެންޓާއި، ސްޕެސިފިކޭޝަންތައް ކަމާބެހޭ މުވައްޒަފުންގެ މަޝްވަރާއާއިއެކު ތައްޔާރުކުރުމާއި، އެތަކެތި ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • ޓެކްނޮލޮޖީގެ ދާއިރާއިން ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމްކުރުން.
  • އީ- ނިއުސް ލެޓަރ، އީ- މެގަޒިން، ހޭންޑްއައުޓް، ފޮތް، ލީފްލެޓް، ކާޑު، ޕޯސްޓަރ، ބްރޯޝަރސްފަދަ ތަކެތި ތައްޔާރުކުރުމާއި، ޕްރިންޓް ކުރުމުގައި ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ފަންނީ އެހީތެރިކަން ފޯރިކޮށްދިނުން.
  • ޓްރައިބިއުނަލުން ހިންގާއެކިއެކި ޙަރަކާތްތަކުގައްޔާއި، ހިޔަރިންތަކުގައްޔާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން، އަދި މިތަކެތި ފުރިހަމައަށް މަސައްކަތްކުރޭތޯ ކުރިން ދުރާލާ ބެލުން.
  • ޓްރައިބިއުނަލުގެ މުވައްޒަފުންގެ ހާޒިރީ ބަލާ ނިޒާމާއި ޑޯލޮކް ސިސްޓަމް ބެލެހެއްޓުން.
  • ޓްރައިބިއުނަލްގެ އައިޓީއާއި ގުޅޭ ކަންތައްތަކުގައި އައިޓީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނޭ ގޮތްތަކާއި މެދު ތަނުގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެހީތެރިވެދިނުން.
  • ޓްރައިބިއުނަލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކުރުމަށް އެހީތެރިވުން
  • ޓްރައިބިއުނަލްގެ ފޯނުތަކާއި، ސާވަރއާއި އިންޓަރނެޓް ފެސިލިޓީޒް އަދި ޕީ.އޭ.ބީ.އެކްސް ރަނގަޅަށް ބެލެހެއްޓުމާއި، އެތަކެތި މަސައްކަތްކުރާކަން ޔަޤީންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން.
  • ޓްރައިބިއުނަލުގައި ބޭނުންކުރާ ސޮފްޓްވެއަރ ތަކުގެ ފާސްވޯޑުތަކާއި އައިޓީއާއިގުޅޭ އެހެނިހެން ޔޫޒަރތަކުގެ ޕާސްވޯޑްތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ވަޒީފާއިން ވަކިވާ ހާލަތުގައި އެފަދަ ހުރިހާ ޔޫޒަރތަކާއި ޕާސްވޯޑުތައް ޓްރައިބިއުނަލާ ހަވާލުކުރުން.
  • އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނުވަތަ މަގާމުގެ މަސްޢޫލިއްޔާތާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 17 ޖުލައި 2025 އާއި 31 ޖުލައި 2025 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

-          މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

-          ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.      

     

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2025 ޖުލައި 16 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

08 ޖުލައި 2025
ހޯދާ