އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުދޫ އަވަށު އޮފީހުން ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯއާ ގުޅޭ

އިޢުލާން

        މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުދޫ އަވަށު އޮފީހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީވެރިން، ޒުވާން އުފެއްދުންތެރިން އަދި ކަނބަލުންނަށް އަމާޒުކޮށްގެން ރަށުގައި އުފައްދާ ކާބޯތަކެއްޗާއި، އެހެނިހެން ތަފާތު އުފެއްދުންތަކަށް ހާއްޞަކޮށްގެން އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކްސްޕޯގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ސްލޮޓްތަކުގެ ތެރެއިން 20% ސްލޮޓް ދިނުމަށް ހަމަޖެހިފައިވަނީ ޒުވާން އުފެއްދުންތެރިންނަށެވެ. މިއެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2025 ވަނަ ދުވަހުގެ ރޭގަނޑު 20:00 ން 23:00 އަދި 27 ޖުލައި 2025 ވަނަ ދުވަހުގެ ހަވީރު 16:00 ން ރޭގަނޑު 23:00 އަށެވެ.

        މި އެކްސްޕޯ ބޭއްވުމުގެ މަޤްޞަދަކީ އިޤްތިޞާދުގެ ހިއްސާދާރުންގެ މަސައްކަތްތައް ބަލައިގަނެ، އެފަދަ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިނުމަށް މަސައްކަތްކުރުމާއި، އެންމެކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން އުފައްދާ ބާވަތްތަކާއި، ގެވެހި މަސައްކަތްތެރިންގެ ހުނަރާއި، އެހެނިހެން ދާއިރާތަކުގެ ފަންނުވެރިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

        ވީމާ، މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 އަށް ވައިބަރ ކޮށް ނަންނޯޓު ކުރުމަށްދަންނަވަމެވެ. އަދި، މި އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6894655 އަށް ގުޅުއްވުން އެދެމެވެ. 

13 މުޙައްރަމް 1445

08 ޖުލައި 2024

08 ޖުލައި 2025
ހޯދާ