ގުޅީ ސްކޫލް
ދިވެހިރާއްޖެ
ކ. ގުޅީ ސްކޫލުގެ އޮފީސް ޢިމާރާތް މަރާމާތުކުރުމާއި ގުޅޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ކ. ގުޅީ ސްކޫލުގެ އޮފީސް ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، 2025 ޖުލައި 08 ން 2025 ޖުލައި 14 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރޭޝަން ފޯމް"ގެ ލިންކު: https://myoffice.gulheeschool.edu.mv/forms

4. މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2025 ޖުލައި 15 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2025 ޖުލައި 16 ވަނަ ދުވަހުގެ 13:00 ގައި ކ. ގުޅީ ސްކޫލު އޮފީހުގައެވެ.

6. މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކޮށްފައި ވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ގުޅީ ސްކޫލް

ކ. ގުޅި، ދިވެހިރާއްޖެ

ފޯން: 6642512

އީ-މެއިލް: [email protected]

 

08 ޖުލައި 2025
ހޯދާ