ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން، ހިންނަވަރު ކޮމިއުނިޓީ ސެންޓަރގެ އިންޑޯރ ހޯލް އަދި ގުދަން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ޅ.ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޑިޒައިން އެންޑް ބިޑް އުޞޫލުން، ހިންނަވަރު ކޮމިއުނިޓީ ސެންޓަރގެ އިންޑޯރ ހޯލް އަދި ގުދަން އަޅައިދޭނެ ފަރާތެއް ހޯދުމަށް، ކުރިން ކުރި އިޢުލާން ނަމްބަރ: (IUL)326/PRIV/2025/41 ބާޠިލްކޮށް، އަލުން އިޢުލާންކޮށް، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  •   އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 15 ޖުލައި 2025، އަންގާރަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 31 ޖުލައި 2025، ބުރާސްފަތި ދުވަހުގެ 10:00ގައި ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

08 ޖުލައި 2025
ހޯދާ