ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު: IUL)SH-FAH-RM/SH-FAH/2015/20)ފ(06 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ