ޒީފާގެ ފުރުސަތު
|
ތާރީޚް
|
12 މުޙައްރަމް 1447
07 ޖުލައި 2025
|
ނަންބަރު
|
(IUL)179-3.3/179/2025/11
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ / އެޑިއުކޭޝަން އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓް
|
ކްލެސިފިކޭޝަން
|
އެސިސްޓެންޓް މެނޭޖަރ
|
ވަޒީފާގެ ބާވަތް
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެޑިއުކޭޝަން އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
މުސާރަ އާއި އެލަވަންސް
|
-/14,500ރުފިޔާ އާއި -/16,000 އާ ދެމެދު
|
ޑެއިލީ އެލަވަންސް
|
- އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ
- ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ %15
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުތު
|
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، މާރކެޓިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
ނުވަތަ
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، މާރކެޓިންގ، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
|
މައިގަނޑު މަސައްކަތާއި
ޒިންމާތައް
|
- ކެޕިޓަލް މާރކެޓް ޕްރޮފެޝަނަލް ފްރޮގްރާމްތަކާއި ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވުން.
- ކެޕިޓަލް މާރކެޓްގެ ދާއިރާއިން ޕްރެޒެންޓޭޝަން ހުށަހެޅުން.
- ޑިޓާރޓްމަންޓުން ހިންގާ ޕްރޮގްރާމްތަކާގުޅޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.
- ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ އަހަރީ މާލީ ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސްޓޭކް ހޯލްޑަރުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުމުގެ ބޭނުންތައް ދިރާސާކޮށް ދެނެގަނެ، ކޮންމެ އަހަރަކު ވެސް ތައުލީމާއި ތަމްރީނުގެ ޕްލޭންތައް އެކުލަވާލުން.
- ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުން.
- ޕްރެޒެންޓޭޝަންތަކާއި ޕަބްލިކޭޝަންތަކާއި ހޭލުންތެރިކުރުމަށް މެޓީރިއަލް އުފެއްދުން.
|
ޕޮއިންޓް ދޭނެ މިންގަނޑުތައް
|
- ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ %20)
- ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ %20)
- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %40)
- ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ %20)
|
އެޕްލިކޭޝަން ސުންގަޑި
|
20 ޖުލައި 2025 ގެ 23:59 ގެކުރިން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
އެޕްލިކޭޝަން ހުށަހެޅުން
|
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.
Application Form
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|