ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓާފްރޫމްގެ ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލް ސްޓާފްރޫމްގެ ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޖުލައި 06 އިން 2025 ޖުލައި 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. ނަމަވެސް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
https://forms.gle/s8EwCtAE1NJU6r2z9
- މިކަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޖުލައި 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 15 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ
ފޯން: 6520537
އީ-މެއިލް: [email protected]
06 ޖުލައި 2025
ހޯދާ