ދިވެހިރާއްޖެ
އިޢުލާން
އދ. ދިގުރަށު ކައުންސިލަށް އެކްސްކަވޭޓަރެއް ހޯދުމާގުޅޭ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެކްސްކަވޭޓަރެއް ވިއްކާނެ ފަރާތެއް ހޯދުމަށް، މިކައުންސިލުގެ ނަމްބަރ (IUL)353/353/2025/19 އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތުތައް ބަދަލުވެފައިވާތީ އެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބިޑުތައް ބާތިލުކޮށް، އެކްސްކަވޭޓަރ ވިއްކަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބިޑް ރެޖިސްޓްރޭޝަން |
އދ ދިގުރަށު ކައުންސިލް އިދާރާ |
ހޯމަ |
14/07/2025 |
11:00 |
ބިޑް ހުށަހެޅުން |
އދ ދިގުރަށު ކައުންސިލް އިދާރާ |
ހޯމަ |
21/07/2025 |
11:00 |
ނޯޓް: ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 14 ޖުލައި 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލްގައި ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑްރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/250ރ އެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
11 މުޙައްރަމް 1447
06 ޖުލައި 2025
އިބްރާހިމް އުޡްމާން
ކައުންސިލްގެ ރައީސް