މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދިވެހިރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ

 

 އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް، 2025 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ، މި މިނިސްޓްރީއިން ދޫކުރާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށް ފަހުގައެވެ. އެހެންކަމުން މިފަދަ އުޅަނދުތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި، މި މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް ހުށަހެޅޭގޮތް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި، މި ޚިދުމަތަށް އެދޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ.

އަދި، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަހުން ދިވެހިރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ ކަމުގައިވެސް  ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޖުލައި 2025
ހޯދާ