ދިވެހިރާއްޖެ
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރާއި ދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތައް ބަދަލުކުރުމާއި، ކޯޓުރޫމުގައިވާ ކުޑަ ދޮރާއި ދޮރުފަތް ނައްޓައި ރާނާއި ސިމެންތި ޖަހައި އަމިއްލަތަކެތީގައި މަރާމާތްކޮށްދިނުން
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަން ހުރި ތިރީގައިވާ މަރާމާތްތައް ( އިޢުލާނާއި އެކު އެއްފަތްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ މަސައްކަތްތައް) އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމުގައި ހުޅަނގަށް ހުރި 6 ކަނީގެ ކުޑަ ދޮރާއި 3 ކަނީގެ ކުޑަ ދޮރު ނައްޓާ އެތަން ރާނާ ސިމެންތިޖަހާ ކުލަލުން.
- ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރޫމް އަދި ސްޓޯރޫމް ގައިވާ ލަކުޑި 3ކަނީގެ 2 ކުޑަ ދޮރު ، ފާޙަނާ 2 ފެންލައިޓް، ސައިކޮޓަރީގެ 1 ފެންލައިޓް އެލްމިނިއަމް އިންޖަހައި ހަރުކުރުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށް ފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެއެވެ.
- ބިޑްގައި ރަޖިސްޓްރީވުން 07 ޖުލައި 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އާއި ދެމެދު ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.
- މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލު ވުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހު ގެ ހެނދުނު 10:30ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ.
- މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައި ނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެ އެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތް ތަކުން 6840153 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.