ދިވެހިރާއްޖެ
މަޤާމު: |
ސްޓޭޓް އެޓަރނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
ސްޓޭޓް އެޓަރނީ (ސީ.އެސް 9-2) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
-/11,240 (އެގާރަ ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ |
ސަރވިސް އެލަވަންސް: |
-/3,600 (ތިންހާސް ހަސަތޭކަ) ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
(އަސާސީމުސާރައިގެ 35%) |
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޜަން، މާލެ. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު. |
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: |
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އޮކްޓޫބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ (ހޯމަ) ދުވަހުގެ 14:30 ގެކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް http://www.agoffice.gov.mvއިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
26 ޛުލްޤައިދާ 1436