ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 16 ސެޕްޓެންބަރު 2015 10:50 ގައި ބާތިލް ކުރެވިފައެވެ.


ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު2

މަޤާމުގެ ކްލެސިފިކޭޝަންސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކްއެސް.އެސް 1

މުސާރަ-/3100 ރުފިރާ

ސަރވިސް އެލެވަންސް-/1000 ރުފިޔާ

އިތުރު ގަޑިއިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަދާ ކުރަންޖެހޭ ތަންސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން/ މާލެ

 އަސާސީ ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަށް:

  • ސްކޫލްގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން
  • ސްކޫލް ގޯތިތެރެ އަދި ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހާ ސާފުކުރުން.
  • ސްކޫލްގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ސްކޫލްގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.
  • ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވާ ތަރުތީބުކުރުން.
  • ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑި މޭޒު ޖެހުން.
  • ދަރިވަރުންނާ ގުޅުން ހުރި ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ކަންތައްތައްކުރުން

މަޤާމު: އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު: 1

ރޭންކް: އެސް. އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލެވެންސް: -/1000

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން/ މާލެ

 

 އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަށް

  • ސްކޫލުގެ ތަޅުދަނޑި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެގުމާއި އެޅުވުން.
  • މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.
  • މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ސާމާނު ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.
  • މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.
  • މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.
  • ސްކޫލަށް ހޯދަންޖެހޭ ތަކެތީ ގެ އަގުބަލަން ދިއުން.
  • ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިއުން އަދި ތަންތަނުން ތަކެތި ގެނައުން.
  • ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށް

އިންޓަރވިއުކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 11 އޮކްޓޫބަރު 2015 އާއި 15 އޮކްޓޫބަރު 2015 އާ ދެމެދުގެ ތާރީޙެއްގައެވެ.
  • އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9.30 ން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މިސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓް ކޮޕީ
  3. އެކްރިޑެޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމެއް އަދި އުޅެފައިވާ މަޤާމު، ރޭންކް މުއްދަތު އެގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:  

މިމަޤާމުތަކަށް ކުރިލަތިލައްވަން އެދިވަޑަގަންނަވާ ބޭފުޅުން މަތީގައި މިވާ ލިޔުންތައް 06 އޮކްޓޫބަރު 2015 އަންގާރަ ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަރވިއު އާއި ޕްރެޒްނޓޭޝަނަސް ބެލުމަށް ފަހު އެންމެ މަތީމާރކް ލިބޭ އަދި އެންމެ ޤާބިލު ފަރާތަށް މިވަޒީފާ ހަމަޖައްސައި ދެވޭނޭއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 3321330 އާ ގުޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2015
ހޯދާ