ދިވެހިރާއްޖެ
މިޑިޕާރޓްމަންޓްގެ ނަންބަރު 94H/94/2015/15 (ތާރީޚު:31 އޮގަސްޓް 2015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
މަޤާމު: މަސައްކަތު
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
ރޭންކް: މަސައްކަތު
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މުސާރަ: -/3100ރ
ސަރވިސް އެލަވެންސް: -/1000ރ
އަދަދު: 04 (ހަތަރެއް)
ތައުލީމާއި ތަޖުރިބާ: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސެކްޝަންތައް ސާފުކުރުން
- ސްޓޮކަށް ގެނެވޭ ތަކެތި ސްޓޮކަށް ވެއްދުމާއި ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން
- އޮފީސް ތަކަށާއި ސެކްޝަން ތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ނުވަތަ ތަކެތި ކަމާބެހޭ ފަރާތަށް ހަވާލުކުރުން
- މީޓިންގ ތަކަށް ކޮފީ/ ސައި ތައްޔާރުކުރުން
- އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އަދި އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތް
ފޯމް ހުށައަޅަންވީ ތާރީޚު އަދި ތަން: 01 އޮކަޓޫބަރު 2015 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަށް (ވެލާނާގެ 1 ވަނަ ފަންގިފިލާ )
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސިވިލްސަރވިސް ނުވަތަ އެހެންއެއްވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން،
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒިފާ އަދާކުރިކަމުގެ ލިޔުން.
ނޯޓް: އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށައަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
އިންޓަވިއު ކުރުން: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 11 އިން 13 އޮކްޓޫބަރު 2015 އާ ދެމެދު އޮންނާނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އަދި ނުހޮވޭ ފަރާތްތަކަށްވެސް އަންގާނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 0410 333 އަދި 0411 333 ނަންބަރު ފޯނާއެވެ. މިޑިޕާރޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާރޓްމަންޓްގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
26 ޛުލްޤަޢިދާ 1436