ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިންގެ ހަނދާންތަށް އެއްކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތައް ހޯދުމަށް

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން "ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ފަށައިގަތުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅިގެން ހިންގޭ ތަމްރީނުތަކުގައި ބައިވެރިވާނެ 10 މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ. މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މިކަމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން ޒުވާނުންނަށް އިސްކަންދެވޭނެއެވެ.

               މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން، ތިރީގައި މިވާ ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/StY7yjrikyX6eGhNA

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2025
ހޯދާ