މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޓްރޮފީ އާއި މެޑަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް ޗެސް ފެސްޓިވަލް 2025 ގެ ނިންމުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޓްރޮފީ އާއި މެޑަލް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، ޓްރޮފީ އާއި މެޑަލް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ވަޑައިގަތުން އެދެމެވެ. ބިޑު ހުށަހެޅޭނީ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. 

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން: 8 ޖުލައި 2025، 20:30.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ: ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑު، ދެވަނަ ފަންގިފިލާ (ރެޑްވޭވް މެގަ މޯލް ކުރިމަތި)

ބިޑުކުރުން: 10 ޖުލައި 2025، 20:30. 

ބިޑުކުރުން އޮންނާނީ: ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑު، ދެވަނަ ފަންގިފިލާ (ރެޑްވޭވް މެގަ މޯލް ކުރިމަތި)

އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7776466 އަށް ގުޅުއްވުން އެދެމެވެ. 

05 ޖުލައި 2025
ހޯދާ