ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑަންޓް

ށ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

ހެލްތް ކެއަރ އެޓެންޑަންޓް

މަޤާމުގެ ނަންބަރު:

J-408146

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް އެސް 2  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. އަތޮޅު ހޮސްޕިޓަލް  

މުސާރަ:

3470.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  3. ސަޕޯޓިންކޯ އެލަވަންސް ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ 
  4. ހެލްތު އެލަވަންސް: މަހަކު (އަސާސީ މުސާރައިގެ %35)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައްކުރުމާއި، ލޭބަރޫމް، ވޯޑު، އިމަޖެންސީ ރޫމް ފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންކަމުގައި ނަރުހުންނަށް އެހީތެރިވުން
  2. ކްލިނިކް އޭރިޔާތަކާއި، އޮފީސް އިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކުނިކަހާ މޮޕްއަޅާ ސާފުކުރުމާއި އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން އަދި އަދި އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި ހުންނަތަކެއްޗާއި، ފަންކާތައްކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  3. ލޭބަރޫމް، ވޯޑު،ޑްރެސިންރޫމްފަދަ ތަންތަނުން ނައްތާލަންޖެހޭކުނި އިންސިނަރޭޓް ކުރުމާއި، އެހެނިހެން ތަންތަނުން ނަގާ ކުނިތައް، ކުނި އެއްކުރުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށް ޖަމާކުރުމާއި، ކުނިއަންދާ އިންސިނިރޭޓަރ ސާފުކުރުން
  4. ކްލިނިކަލް އޭރިޔާތަކާއި، އޮފީސްއިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އެތަންތަނުގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެއްޗާއި، ދޮރުތަކާއި ބިއްލޫރިތައް ފޮޅާ، ފޮހެ ސާފުކުރުން.
  5. ހޮސްޕިޓަލްގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން.
  6. ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމެންޓްސްފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން
  7. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ތަކެއްޗާއި ތަކާއި ސިންކުތައް ދޮވެސާފުކުރުމާއި ކަބަޑުތަކުގެ މައްޗާއި އެތެރެ ލެބްޓެކްނީޝަނުންގެ ލަފާގެ މަތިން ސާފުކުރުން
  8. ޑެންޓަލްގައި ބޭނުންކުރާ ތަކެތި ދޮވެ ސާފުކުރުމާއި ސިންކުތައް ސާފުކުރުން
  9. ޑައިލިސިސްރޫމް ގައިބޭނުންކުރާ ތަކެއްޗާއި، ސިންކުތައް ސާފުކުރުމާއި، ރޫމް ކުނިކަހާ މޮޕްކޮށް ސާފުކުރުން
  10. ލޭބަރޫމް، އޮޕަރޭޝަން ތިއޭޓަރ ސާފުކުރުމާއި، ފިއުމިގޭޓް ކުރުމުގައި އެހީތެރިވުން
  11. ހޮސްޕިޓަލްގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީސް އުރަ ، ބާލީސް، ތުވާލި، ދޮރުފޮތި ، ރަބަރު، ބެޑްސްކރީން ފަދަ އެންމެހާ ތަކެތި ދޮވެ އިސްތިރިކުރުމަށް ލޯންޑްރީއަށް ގެންދިއުމާއި އެތަކެތި ދޮވެ އިސްތިރިކޮށް އެ އެއްޗެއް ހުންނަންވާ ތަނަކަށް ގެންދިއުމާއި، ތަކެތިބެހެއްޓުމަށް ކަނޑައަޅާފައިހުންނަ ތަންތަނުގައި ތަރުތީބުން ބެހެއްޓުން
  12. ހޮސްޕިޓަލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ އެކި ވައްތަރުގެ ފޮއްޗާއި ގައުން ، ސްކްރަބް ފަދަ ތަކެތި ފެހުން
  13. ހޮސްޕިޓަލްގައި ދޮވުމަށް ބޭނުންކުރާ ލޯންޑްރީއާއި މެސިން ސާފްކޮށް ބެލެހެއްޓުމާއި ،މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން
  14. ދޮވެއިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހަފްތާގައި ކަޑައެޅިފައިވާ ދުވަހު ސްޓޮކުން ނެގުމާއި ބޭނުންކުރުމުގައި ވީވަރަކުން އިގްތިޞާދު ކުރުން
  15. ވާރޑްތަކާއި ކްލިނިކަލް އޭރިއާތަކާއި އެހެނިހެންތަންތަނުގައި ހުންނަ ފާޚާނާތަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން ދޮވެސާފް ކުރުމާއި، އެތަންތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  16. ހޮސްޕިޓަލުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، ޓިޝޫ ހުސްވެފައި ހުރިނަމަ ޓީޝޫބެހެއްޓުން އަދި ހޮސްޕިޓަލުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާ ސްޓެރީލިއަމް ފުޅިބަދަލުކުރުކުރުވުން.
  17. ތަކެތި އުފުލުމާއި ބަދަރަށް ގެންދަންޖެހޭ ތަކެއްޗާއި ބަދަރުން އަދި ފިހާރަތަކުން ގަންނަ ތަކެތި ގެނައުމާއި ތަންތަނަށް ގެންދަންޖެހޭތަކެތި ގެންދިއުން
  18. ހޮސްޕިޓަލްގައި ހުންނަ ގުދަންތަކާއި، ހޮސްޕިޓަލްގެ ބޭނުމަށް ކުއްޔަށްހިފާފައިވާ ގުދަންތައް ސްޓޯކީޕަރުންގެ އިރުޝާދުގެދަށުން ކުނިކަހާ، މޮޕްކުރުމާއި ހަރުތައް ސާފުކުރުން
  19. ހޮސްޕިޓަލް ބަޖެޓްސެކްޝަންގެ ބޭނުމަށް ބެންކަށް ދާންޖެހޭ ޙާލަތްތަކުގައި ބެންކަށް ދިއުން
  20. ހޮސްޕިޓަލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ، ދައުވަތުތައް އެފަރާތްތަކަށް ރައްދުކުރުމާއި، މުވައްޒަފުންނަށް ބައްދަލުވުންތަކަށް ކިޔުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވުން
  21. ހޮސްޕިޓަލުގެ ގޯތިތެރެއާއި ހޮސްޕިޓަލް ވަށައިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކުރުން
  22. ހޮސްޕިޓަލް ގޯތިތެރޭގައާއި އިމާރާތުގެ އެތެރޭގައި ބަގީޗާގަސްހެއްދުމާއި، ގަސްތަކަށްފެންދިނުމާއި، ގަސްތައްބެލެހެއްޓުން
  23. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  24. ހޮސްޕިޓަލުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

* ގުޅޭ ވަޒީފާގެ ދާއިރާތައް:

- ކްލީނިންގް އެންޑް ލޯންޑްރީ

- ފޮޅާ ސާފްކުރުން

- ޕޭޝަންޓް ކެއަރ ސަރވިސް

 

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް): ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން : ނެތް

މަޤާމުގެ ކޯ ޑިސިޕްލިން : ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2025 ވަނަ ދުވަހު 14:00 ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖުލައި 2025 އާއި 20 އޮގަސްޓް 2025 އާ ދެމެދު، ށ. އަތޮޅު ހޮސްޕިޓަލްގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540205 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ޖުލައި 2025
ހޯދާ