މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ / ރެސްޓޯރަންޓް / ވިޔަފާރި ހިންގުމަށް ބިން ދޫކުރުން

އިޢުލާން

ކެފޭ / ރެސްޓޯރަންޓް / ވިޔަފާރި ހިންގުމަށް ބިން ދޫކުރުން   

       ހެނބަދޫ ކައުންސިލްގެ ފަރާތުން ކެފޭ /  ރެސްޓޯރަންޓް / ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، އެކަމަށްއެދި ހުށަހެޅުންވުން އެދެމެވެ. ބިން ކުއްޔަށް ހިފުމަށް އެދި ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

03 ޖުލައި 2025 ން 10 ޖުލައި 2025 ގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

14 ޖުލައި  2025 ވާ ހޯމަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން

17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 13:00 ގައި

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    08 މުޙައްރަމް 1447

03 ޖުލައި 2025
ހޯދާ