މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް 2024

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް

ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް 2024

2024 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން އެ ސްކޮލަރޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް މި މިނިސްޓްރީން ކޮށްދިނުމަށް އެ ސްކޮލަރޝިޕްގެ އުސޫލުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުންވެސް އެދެމެވެ. އެއީ، އުސޫލުގައިވާ ގޮތުގެ މަތީން ކިޔެވުމަށް އެދި ހުށަހެޅުމަށް އިޢުލާންކުރާ ދުވަހުން ފެށިގެން 18 މަސްދުވަހުގެތެރޭގައި ކިޔެވުން ފެށޭނެގޮތް ހަމަޖެއްސުމަށް މި މިނިސްޓީންކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައެވެ.

  1. މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރި ލިޔުން.
  2. 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ.
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
  4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ކިޔަވާނަމަ).
  6. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ (ލިބިފައި ވާނަމަ).
  7. އަންކޮންޑިޝަނަލް އޮފަރ ލެޓަރ (ލިބިފައި ވާނަމަ).
  8. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް (ލިބިފައި ވާނަމަ).
  9. ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ). ރެކޮގްނައިސްކުރާކަމުގެ ލިޔުން.
  10. ފުރިހަމަކުރަން އެދޭ ޕްރޮގްރާމަކީ އެ ޕްރޮގްރާމްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް/ ހުއްދަ ދޭން ހަމަޖެހިފައިވާ ދާއިރާއެއްގެ ޕްރޮގްރާމެއްނަމަ އެ ލައިސަންސް/ހުއްދަ ދޭ ފަރާތުގެ ލިޔުން.  

ހުށަހަޅަންޖެހޭ ތަކެތި:

މި ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު: 2024/G-45  (މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު) އަށެވެ.

 

އިތުރު މަޢުލޫމާތު:

30 ސެޕްޓެންބަރު 2026

ރަޖިސްޓްރީކުރުމުގެ ސުންގަޑި:  

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

03 ޖުލައި 2025
ހޯދާ