ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާގުޅޭ

އިޢުލާން

 

 

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

 

މި އިދާރާގެ ނަންބަރު:  (IUL)408-CA/408/2023/41(26 ސެޕްޓެންބަރު 2023) އިޢުލާނާގުޅިގެން ދޫކުރުމަށް ހަމަޖެހިފައިވާ 40 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުމުގެ ބައްދަލުވުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މި ރަށު ފަނަމި ސްޓޭޖުގައި އޮންނާނެއެވެ.

ވީމާ، މި އިދާރާގެ ނަންބަރު:(IUL)408-ESMS/408/2024/60(18 ޑިސެންބަރު 2024) އިޢުލާނާއެކު ޢާއްމުކޮށްފައިވާ 40 ގޯތި ލިބޭފަރާތްތައް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ. އެއްވެސް ސަބަބަކާހުރެ ގުރުއަތު ނެގުމުގައި ބައިވެރިނުވެވޭ ފަރާތްތަކުގެ ބަދަލުގައި ބައިވެރިވާނެ ފަރާތެއްގެ މަޢުލޫމާތު 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި ގުރުއަތުގައި ބައިވެރިނުވެވޭ ފަރާތްތަކުގެ ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވާނަމަ އެ ފަރާތްތަކުގެ ގުރުއަތު ނަގާނީ ގޯތިކޮމިޓީން ކަނޑައަޅާ ފަރާތެކެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 މުޙައްރަމް 1447

03  ޖުލައި 2025

03 ޖުލައި 2025
ހޯދާ