މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމުގެ މަސައްކަތް ކުރުން

އިޢުލާން

ރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމުގެ މަސައްކަތް ކުރުން

       ރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، އެކަމަށްއެދި ހުށަހެޅުންވުން އެދެމެވެ. ބީލަމަށް އެދި ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ. އަދި ބީލަމާއި ގުޅޭ މައުލޫމާތު ބީލަން ފޮތުގައި ހިމެނިފައި ވާނެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

03 ޖުލައި 2025 ން 09 ޖުލައި 2025 ގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 13:00 ގައި

ބީލަން ހުށަހެޅުން

15 ޖުލައި 2025 ވާ އަންގާރާ ދުވަހު 13:00 ގައި

 

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                08 މުޙައްރަމް 1447

03 ޖުލައި 2025
ހޯދާ