މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހަށް ކޯޕަރޭޓް މަރޗަންޑައިޒް ސަޕްލައިކޮށްދިނުމާ ބެހޭ

މި އޮފީހަށް ބޭނުންވާ ކޯޕަރޭޓް މަރޗަންޑައިޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 216‎-MPAO-GS/IUL/2025/8 ‏(27 މާރިޗު 2025) އަދި 216‎-MPAO-GS/IUL/2025/12 ‏(30 އޭޕްރީލް 2025) އިޢުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައިނުވާތީ، ކޯޕަރޭޓް މަރޗަންޑައިޒް ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ތާރީޚު: 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/4b5gyY9D9PUSvf5r6)  މެދުވެރިކޮށް.

 

މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 


މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.

03 ޖުލައި 2025
ހޯދާ