ދިވެހިރާއްޖެ
އެޓްމޮސްފިއަރ ފައުންޑޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ ޕަންޗް ނީޑްލް ވަރކްޝޮޕެއް 12 ޖުލައި 2025 އިން 18 ޖުލައި 2025 ގެ ނިޔަލަށް ހދ.ކުޅުދުއްފުށީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވަރކްޝޮޕްގައި ބައިވެރިވުމަށް އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ހދ.ކުމުންދޫއަށް ވަނީ 2 ޖާގަ ހުޅުވާލެވިފައެވެ. މި ވަރކްޝޮޕްގައި ބައިވެރިވާން ނަން ނޯޓް ކުރާ ބޭފުޅުން ހޮވުމަށްޓަކައި ވަކި ކުރައިޓީރިއާއެއް ހދ.ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ކަނޑައެޅިފައެވެ. ބައިވެރިން ނަގާނީ މި ކުރައިޓީރިއާ އަށް ބަލާފައެވެ. ޕަންޗް ނީޑްލް ވަރކްޝޮޕައް ހޮވޭ ބައިވެރިންގެ 7 ދުވަހުގެ ކެއުމުގެ ޚަރަދުވެސް ވަނީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ހަމަޖައްސާފައެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއެކު ވާ ދާދިވަރު(އޮންލައިން) ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
https://forms.office.com/r/95mtQFFYZJ?origin=lprLink