ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާގެ އިޢުލާން ނަންބަރު (IUL)267-CA/267/2025/43 (12 މެއި 2025 ) ވަނަ އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. 31 މެއި 2025 ގެ ކުރިން ކޮށާފައިނުވާ ރުއްގަސްތައް ކޮށުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި 07 ޖުލައި 2025 ގެ ކުރިން ރުއްގަސްތަކުން މަގަށް ނިކުމެފައިވާބައި 15 ފޫޓްގެ އުސްމިނަށް ކޮށުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން އާންމުނަށް އުނދަގޫވާގޮތަށް މަގުކައިރީގައި ނުވަތަ މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ނެގުމަށް ދަންނަވަމެވެ. މި ތާރީޚްގެ ކުރިން ކޮށާފައިނުވާ ރުއްގަސްތައް މި ކައުންސިލުން ކޮށާނެވާހަކަވެސް ދަންނަވަމެވެ. އަދި މީގެ އިތުރުން އާންމުންނަށް އުނދަގޫވާގޮތަށް މަގުކައިރީގައި ނުވަތަ މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ނަގާނެވާހަކަވެސް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.