ދިވެހިރާއްޖެ
ނަންބަރު:(IUL)374-A/374/2025/44
އިޢުލާން
ފ.ނިލަންދޫ ކައުންސިލަށް ބޭނުންވާ 20 އޭސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ ކައުންސިލަށް 20 އޭ. ސީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 ޖުލައި 10 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
08 މުޙައްރަމް 1447
03 ޖުލައި 2025