ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ލީގަލް އޮފިސަރ

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ލީގަލް އޮފިސަރ

 


 1
 Legal and compliance

މަޤާމު:

ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-375632

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކުތައް:

CS9-2 - CS9-5

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއި އެޤާނޫނުން ކައުންސިލަށް ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިސްނެގުމާއި ޢަމަލީގޮތުން ބައިވެރިވުން.
  4. ރަށު އަދި އަތޮޅު ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއިއެކު، ކައުންސިލުން ނިންމާ ނިންމުންތަކާއި، ޤަރާރުތައް ޤާނޫނާތަކާއި ޤަވާއިދުތަކާއި އެއްގޮތަށް އެކުލަވާލުމަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ކައުންސިލްތަކުން އެކަށައެޅުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތަކުގެ ޑްރާފްޓް އެކުލަވާލައި، އެފަދަ ޤަވާއިދުތަކާއި އުޞޫލްތައް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި ފުށުނާރާނެގޮތަށް އެކުލަވައިލުމުގައި އެހީތެރިވުން.
  5. އަތޮޅުގެ ރަށު ކައުންސިލްތައް ހިންގަމުންގެންދަނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށްތޯ ބެލުމަށް ކައުންސިލްތައް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު މޮނިޓަރކޮށް، ރިޕޯޓް އެކުލަވާލައި އާއްމުކުރުމާއި، މޮނިޓަރިންގ އާއިގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
  6. މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އިދާރާތަކުގެ އިންޓަރނަލް އޮޑިޓް ކުރުމާއި، އޮޑިޓް ރިޕޯޓް އެކުލަވާލައި އާއްމުކުރުމާއި، އޮޑިޓްކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
  7. ރަށު ކައުންސިލްތަކުން ޤާނޫނާއި ޤާވާޢިދުގައިވާ ގޮތަށް ތައްޔާރުކުރުންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ފޮނުވާ ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ކުރުން.
  8. ލީގަލް އެންޑް ކޮމްޕްލަޔަންސް ޔުނިޓްގެ މުވައްޒަފުންނާއި ގުޅިގެން ޔުނިޓްގެ މަސައްކަތްތައް ރާވާ، ހިންގާ ބެލެހެއްޓުމާއި، އެޕްރައިޒަލް ފޯމްތަކަށް މާރކްސްދީ ކުރިޔަށް އޮތް އަހަރަށް ޓާގެޓް ކަނޑައަޅުމާއި، މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  9. އަތޮޅު ކައުންސިލްގެ އިދާރާއިން ދައުވާކުރާ އަދި ކައުންސިލަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓްތަކުގައި ކައުންސިލް ތަމްސީލްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއިއެކު މައްސަލައިގެ ޖަވާބު، އިސްތިއުނާފު މައްސަލަތަކުގެ ޖަވާބު ތައްޔާރުކުރުމާއި، ބަޔާންތައް ތައްޔާރުކުރުން އަދި ކޯޓުތަކަށް ހާޟިރުވެ ޖަވާބުދާރީވުން.
  10. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން އިޞްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިޞްލާހީ ފިޔަވަޅު އެޅުމަށް ބޭނުންވާ ޤާނޫނީލަފާ ސެކްޝަން އަދި ޔުނިޓްތަކަށް ދިނުމާއި ކަމާއި ގުޅޭލިޔެކިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  11. ކައުންސިލާއި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަކީ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތަފާތު ވަޞީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރާވާ ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  12. އަތޮޅު ކައުންސިލާއި އެހެން ފަރާތްތަކާއި ދެމެދު އެކަށައަޅަންޖެހޭ އެއްބަސްވުންތައް ދެފަރާތުގެ މަސްލަޙަތަށް ރިޢާޔަތްކޮށް، ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން އެކުލަވާލުމާއި، އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކާމެދު  ކައުންސިލްގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުއަޅައި، ކަމާއިބެހޭ މަޢުލޫމާތު އެކަމާގުޅޭ ޔުނިޓް/ސެކްޝަނަކަށް ލިއުމުން ދިނުން.
  13. ކައުންސިލުން ހަދާ ޤަވާއިދުތަކާއި އުޞޫލުތައް ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެ، ކައުންސިލްގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  14. މަސައްކަތުގެ ދާއިރާއިން ބަލަހައްޓަންޖެހޭ މައްސަލަތައް ރަޖިސްޓްރީކޮށް އަޕްޑޭޓްކުރުމާއި ނިމޭމައްސަލަތަކުގެ ލިޔެކިއުންތައް ބަލަހައްޓައި މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުން.
  15. މުއައްސަސާއަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން.
  16. ދަޢުލަތުގެ މުއައްސަސާތަކުން ހުށަހަޅާ އެކި މައްސަލަތަކާއިގުޅިގެން ހޯދަން ބޭނުންވާ ލިޔުންތައް ފޮނުވުމާއި، އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަތޮޅު ކައުންސިލަށް ބެލުމަށް އަންގާ މައްސަލަތައް ބަލައި ޖަވާބުދާރިވުން. އަދި އަމިއްލަ ފަރާތްތަކުން ހޯދަން ބޭނުންވާ ލިޔުންތައް ހޯދައި ޖަވާބުދާރީވުމުގައި ކަމާއިގުޅޭ ޔުނިޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

CS9-5

  1. ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް9-4 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

11,190.00

5640.00

އަސާސީ މުސާރައިގެ 35%

CS9-4

  1. ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް9-3 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

10,800.00

5640.00

އަސާސީ މުސާރައިގެ 35%

CS9-3

  1. ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް9-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

10,410.00

5640.00

އަސާސީ މުސާރައިގެ 35%

CS9-2

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

10,020.00

5640.00

އަސާސީ މުސާރައިގެ 35%

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވުން

 

ތަޢުލީމީ ދާއިރާ:

  • ލޯ
  • ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

             

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން

30

  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

  • ޕްރެކްޓިކަލްސް

30

  • ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

 

30

ނޯޓް:މި މަޤާމަށް އައްޔަނުކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. "ޕްރެކްޓިކަލްސް" އާއި" ޕްރެޒެންޓޭޝަން އަދި އިންޓަރވިއު" މިއިން ކޮންމެ ބަޔަކަށް މަދުވެގެން 15 (ފަނަރަ) ޕޮއިންޓް ލިބުން؛ އަދި
  2. މަޤާމަށް ކަނޑައަޅާފައިވާ (އުޞޫލުގް 8.1 ގައިވާ - ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކަނޑައެޅިފައުވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލް/އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން އޮންނާނީ 2025 ޖުލައި 13 އާއި 2025 އޮގަސްޓު 15 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620117 ނުވަތަ 6620120 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/40) އިން ލިބެން ހުންނާނެއެވެ.

03 ޖުލައި 2025
ހޯދާ