ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކުނިކޮށީގައި ގަރާޖުގައި ނުނިމިހުރި މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާނާއެކު އާއްމުކޮށްފައިވާ މައުލޫމާތު ކަރުދާހަށް ބައެއް އިސްލާޙުތައް ގެނައުމަށް ބޭނުންވާތީ އެ ނަންބަރު އިޢުލާނު: (IUL)/259/2025/47 ބާޠިލުކޮށް، އަލުން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، ހދ ފިނޭގެ ކުނިކޮށީގައި ގަރާޖުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.
އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/e59avrYpFrxqJg9L6
ގަޑި |
ތާރީޙް |
ތަފްސީލް |
10:00 |
10 ޖުލައި 2025 (ބުރާސްފަތި) |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
13:00 |
10 ޖުލައި 2025 (ބުރާސްފަތި) |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
09:00 |
13 ޖުލައި 2025 (އާދިއްތަ) |
އަންދާސީ ހިސާބު ހުށަހެޅުން |
ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ މާލަން 2 |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528119 އަށެވެ. |
މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.