ދިވެހިރާއްޖެ
އިޢުލާން
ވެޓްރަންސް ކަޕް 2025
މިކައުންސިލްގެ ފަރާތުން ބާއްވަމުން އައި، ހިންމަފުށި ފުޓްސަލް ޗެލެންޖް 2025 ފަހުގެ ތާރީޚެއްގައި ބާއްވާގޮތަށް ހަމަޖައްސާ "ހިންމަފުށި ކައުންސިލް ވެޓްރަންސް ކަޕް 2025" ނަމުގައި 26 ޖުލައި 2025 ގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ކުޅެވޭނީ 31 ޑިސެމްބަރ 2025 އަށް އުމުރުން 40 އަހަރު ފުރިފައިވާ ކުޅުންތެރިންނަށެވެ. ނަމަވެސް ކޮންމެ ޓީމެއްގައިވެސް މަތީގައި ދެންނެވުނު ތާރީހަށް 35 އަހަރު ފުރިފައިވާ 2 ކުޅުންތެރީން ހިމެނިދާނެއެވެ.
މިމުބާރާތުގެ ޤަވާޢިދާއި، ރަޖިސްޓްރީ ފޯމް މިއިޢުލާނާއި އެކު ޢާއްމުކުރީމެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ކައުންސިލް އިދާރާ އަށް ހުށަހަޅުއްވާ ދެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.