މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސުޕަވައިޒަރގެ މަޤާމަށް މުވައްޒަފަކު ހޯދުން

މަޤާމު:

ވޭސްޓް މެނޭޖްމަންޓް ސުޕަވައިޒަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރާއި 11 މަސް)

މަޤާމުގެ ރޭންކު:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3،470.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

 1,000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 1،200.00 ރުފިޔާ
  2. މިނިމަމް ވޭޖު އެލަވަންސް މަހަކު 1،572.00 ރުފިޔާ
  3. ސުޕަވައިޒަރ އެލަވަންސް މަހަކު 1،000.00 ރުފިޔާ
  4. އެޓެންޑަންސް އެލަވަންސް، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  6. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

ރަސްމީ މަސައްކަތު ވަގުތު

ހަފްތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސެކެޓްރީ ޖެލެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކިހާދޫގައި އުފެދޭ ކުނި ކަލެކްޓްކޮށް މެނޭޖް ކުރުމުގެ މަސައްކަތްތައް ކުރުމަށް ހެދިފައިވާ އިކޯ ސެންޓްރޯ ބެލެހެއްޓުމާއި ކުނި ނެގުމުގެ މަސައްކަތްތައް ރާވާ ހިންގުން
  4. ކައުންސިލުން ކުނި މެނޭޖް ކުރުމަށް ހެދިފައިވާ އުސޫލުތަކަށް އާންމު ރައްޔިތުންނާއި ވިޔަފާރި އަދި ސަރުކާރުގެ އިދާރާތަކުން އަމަލުކުރަމުން ދޭތޯ ބަލާ މޮނިޓަރކޮށް ރަނގަޅު ކުރުމަށް މަސައްކަތްތައް ކުރުން
  5. އިކޯ ސެންޓްރޯގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލާ މޮނިޓަރ ކުރުމާއި ކައުންސިލަށް ރިޕޯޓްކުތުން
  6. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް، ކިހާދޫގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކައުންސިލްއިން ކަނޑައަޅާ ޤަވައިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމުގެ އެންމެހާ މަސައްކަތް ކުރުން
  7. ކިހާދޫގެ އިކޯ ސެންޓްރޯ (ކުނި މެނޭޖްކުރާ މަރުކަޒު) ވިނަ ނޮޅާ ސާފުކުރުމާއި އިކޯ ސެންޓްރޯގެ ފާހަނާ ސާފުކޮށް ބެލެހެއްޓުމާއި ފަނާ ނުވާ ޒާތުގެ ކުނި ކައުންސިލްއިން ކަނޑައަޅާ ބައިބަޔަށް ވަކިކުރުމުގެ މަސައްކަތް ކުރުން
  8. ކުނި ނެގުމުގެ ހިދުމަތައް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތައް އަދި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ތަންތަނުން ނަގާ ކިހާދޫ އިކޯ ސެންޓްރޯ ނުވަތަ ކައުންސިލްއިން އަންގާ ތަނަކަށް ޖަމާކުރުމުގެ މަސައްކަތް ކުރުން
  9. ކައުންސިލްގެ ފަރާތުން ކިހާދޫގެ އެކިއެކި ސަރަހައްދުތަކުގައި އާންމުން ކުނި އެޅުމަށް ބަހައްޓާފައިވާ ޑަސްބިންތަކަށް އެޅޭ ކުނި ކައުސިލުން އަންގާ ތާވަލަކާއި އެއްގޮތައް ނަގައި ކިހާދޫ އިކޯ ސެންޓްރޯއަށް ގެންދިޔުން
  10. ކިހާދޫ އިކޯ ސެންޓްރޯގައި ވަކި ކުރެވޭ ކުނީގެ އެކިއެކި ބާވަތްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރުން
  11. ކިހާދޫގެ ގޭބިސީތަކާއި ވިޔަފާރިތަކުން އުފެދޭ ބަދިގެ ކުނި އަދި ނެޕީ ޕެޑް ފަދަ ތަކެތި ނައްތާލުމަށް ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  12. ކުނީގެ ގޮތުގައި ކަލެކްޓް ކުރެވޭ ފަތާއި ބޮނބި އަދި ގަސް ލަކުޑީގެ ބާވަތްތައް ނައްތާލުމަށް ބޭނުންކުރެވޭ މެޝިނަރީސް އޮޕަރޭޓްކުރުމާއި މިފަދަ ކުނި ނައްތާލުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  13. ކިހާދޫ އިކޯ ސެންޓްރޯގައި ބޭނުންކުރެވޭ މެޝިނަރީސް އާއި ވެހިކަލް އަދި އެކިއެކި އެކިއުޕްމަންޓްސް ސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރ އާއި ކައުންސިލްގެ ލަފާގެ މަތިން ކުރުން
  14. ކިހާދޫ އިކޯ ސެންޓްރޯގައި އުފެދޭ ކުނީގެ މިންވަރު ބަލައި ދުވަހުން ދުވަހަށް ނޯޓްކޮށް ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން
  15. ކިހާދޫގައި އުފެދޭ ކުނި ރަށުން ބޭރުކުރަން ޖެހޭ ހާލަތުގައި ބަނދަރަށް ކުނިތައް ގެންދިޔުމުގައާއި ދޯނި ނުވަތަ ބޯޓަށް ކުނި އެރުވުމުގައި ސެކެޓްރީ ޖެނެރަލްއާއި ކައުންސިލްގެ ލަފާގެމަތިން މަސައްކަތް ކުރުމާއި މަސައްކަތް އިންތިޒާމްކޮށް މޮނިޓަކުރުން
  16. ކުންޏާއިމެދު  އާންމު ރައްޔިތުންނާއި ސުކޫލުކުދިން ހޭލުންތެރި ކުރުވުމަށް ތަފާތު ހަރަކާތްތައް ރޭވުމުގައާއި ކައުންސިލްގެ ފަރާތުން އިންތިޒާމްކުރާ މިފަދަ ޕްރޮގުރާމްތައް ހިންގުމުގައި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް އެއްބާރުލުން ދިނުން
  17. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝްޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި، އަދި އެހެނިހެން އިވެންޓްތައް ރާވާ އިންތިޒާމް ކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެއްބާރުލުންދިނުން
  18. ރަށުތެރެ ސާފުކުރުމަށް ކައުންސިލްއިން ބައިވެރިވެ ހިންގޭ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ ފުރިހަމަ އެއްބާރުލުން ދިނުން
  19. އިކޯ ސެންޓަރަށް ޖަމާކުރެވޭ ބަދިގެ ކުނި އަދި ނެޕީ ނައްތާލުމުގެ މަސައްކަތް ކައުސިލްގެ އިރުޝާދާ އެއްގޮތަށް ކުރުން

މަޤާމުގެ ޝަރުޠުތައް:

ގްރޭޑް 10 ނިންމާފައިވުން

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

-          ވޭސްޓް މެނޭޖްމަންޓް    

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ  އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއް      މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް     އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ         އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް   ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން %50
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  4. އިންޓަރވިއު %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2025 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 10 ޖުލައި 2025 އާއި 16 ޖުލައި 2025 އާ ދެމެދު، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އަދި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

03 ޖުލައި 2025
ހޯދާ