ދިވެހިރާއްޖެ
ނޫރާނީ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 8 ކްލާސްރޫމް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނާ (ނަންބަރު:14/GS211/2015-ފIUL) ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ޝަަރުޠު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. ތިރީގައި މިދަންނަވާ ތާރީޚަށް ނޫރާނީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫރާނީ ސްކޫލުގައި |
މަޢުލޫމާތު ދިނުން |
27 ސެޕްޓެންބަރު 2015 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫރާނީ ސްކޫލުގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގެވުމުގެ ގޮތުން އިޢުލާންކުރީމެވެ.
26 ޛުލްޤަޢިދާ 1436