ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށްޓަކައި ވަންދޫ ކައުންސިލްގެ އިދާރާ މިހާރު ހިންގާ ޢިމާރާތް ހުސްކުރަން ބޭނުންވާތީ ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ވަގުތީ ގޮތުން ތ. ވަންދޫއިން އެކަށީގެންވާ ޢިމާރާތެއް ކުއްޔަން ހިފުމަށްޓަކައި ކުރެވުނު އިޢުލާނު ނަންބަރު N7C-A/2025/1 (22 ޖޫން 2025) އިޢުލާނާ ގުޅިގެން ފުރިހަމަ އެއްވެސް ބީލަމެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން މިކަމަށް އިޢުލާނުކުރަމެވެ.
އެހެންކަމުން މި ކޯޓް ހިންގުމަށް ވަގުތީގޮތުން ޢިމާރާތެއް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް، 02 ޖުލައި 2025 އިން ފެށިގެން ރަސްމީ ގަޑީގައި މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ބިޑް މީޓިންގ)، 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.