މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް ފިހާރަ ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެއަރޕޯޓް ފިހާރަ ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

 

       ހުޅުލޭގެ އޮފީސް އިމާރާތް ސަރަހައްދުގައި ލައިސަންސް އުސޫލުން މި ކުންފުނިން ހިންގަމުން އަންނަ "އެއަރޕޯޓް ފިހާރަ" މިކުންފުނިންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައި ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން، މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް'ގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށްވާންވާނެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 9 ވާ ބުދަ ދުވަހުގެ ހެދުނު 11:30 ގެ ކުރިންއީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

       މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ނުވަތަ ޝޯޓުލިސްޓް ކުރެވޭ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aeroއަށެވެ.

02 ޖުލައި 2025
ހޯދާ