މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ (އެމް.އެސް.1)

މަޤާމް:

އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-410580

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / މާލެ،

ޑިޕާޓްމަންޓް/ސެކްޝަން:

ޕްލޭނިންގ، ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން

ޔުނިޓް:

އިންޓަރނޭޝަނަލް ރިލޭޝަން ޔުނިޓް

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ޕޮލިސީ ހަދަން ކަނޑައެޅިފައިވާ ދާއިރާތަކުން ޕޮލިސީ ހެދުމުގެ މަސައްކަތްކުރުން. (މިސާލަކަށް ނެޝަނަލް ޔޫތު ޕޮލިސީ ރިވިއުކުރުމާއި)، މިގޮތުން ކަމާއިގުޅޭ މާހިރުންނާއި މަޝްވަރާކުރުން.
  2. މިނިސްޓްރީގެ ޕޮލިސީތަކާއި ގުޅޭ މަސައްކަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަސްމީ ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދަތުރުކުރުމާއި، ޕޮލިސީއާ ގުޅޭ މަސައްކަތްތައް ކުރުމަށް ފެސިލިޓޭޓަރުން ތަމްރީންކުރުން. އަދި މިހާތަނަށް ހަދާފައިވާ ޕޮލިސީތަކާއި، ރިޕޯޓުތަކާއި، ސްޓަޑީތައް ހޯދާ ބެލެހެއްޓުމާއި، ހަދާ ނިންމަންޖެހޭ ޕޮލިސީތައް ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި ހަދާ ނިންމާ، ކަމާއި ބެހޭ އިސް ބޭފުޅުންނާއި ހިއްސާކުރުން. މީގެ އިތުރުން، ޕޮލިސީތަކާއި ރިޕޯޓުތައް ޕަބްލިޝްކުރުމުގެ ހުރިހާކަމެއް ކުރުމާއި، ހަދާ ނިމިފައިވާ ޕޮލިސީތައް ކަނޑައެޅޭ މުއްދަތުތަކުގައި ރިވިއުކުރުން. 
  3. އިންޓަރނޭޝަނަލް ޔޫތު އެފެއަރޒްގެ މަސައްކަތްތަކުގައި ބައިވެރިވުން. އަދި މަސައްކަތުގެ ގޮތުން ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.    
  4. ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ޤައުމީ ފެންވަރުގައި ހިންގާނެ ޕްރޮގްރާމްތަކާއި ހަރަކާތްތަކާއި ބެހޭ މަޢުލޫމާތު އެއްކުރުމާއި ކުރިއަށް އޮތް އަހަރުގެ ޕްލޭން ތައްޔާރު ކުރުން.
  5. ބައިނަލްއަޤުވާމީ މުއާހަދާތަކާއި ފަހުމުނާމާތައް ބަލައި ދާއިރާއާ ގުޅުންހުރި ކަންކަން ފާހަގަކޮށް، ކުރިއަށް ގެންދާ ހަރަކާތްތަކުގެ ޕްލޭން ތައްޔާރުކުރުމާއި، ހަރަކާތްތައް ކުރިއަށްދާގޮތުގެ ރިޕޯޓު ތައްޔާރުކޮށް، ކުއާޓަރލީ ރިޕޯޓު ޒިންމާދާރުވެރިޔާއަށް ހުށަހެޅުން.
  6. މިނިސްޓްރީން އިންތިޒާމުކުރާ ރާއްޖެއާއި ރާއްޖެއިންބޭރުގެ ދަތުރުތަކުގެ ކަންކަން ޒިންމާދާރުވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުމާއި ދަތުރުތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ދަތުރުތަކުގެ ފައިލްތައް އަދާހަމަކޮށް ބެލެހެއްޓުން.    
  7. ޒުވާނުންގެ ދާއިރާއިން ރިސާރޗް ކުރުމަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް ޑޭޓާ ކަލެކްޝަން އެންޑް އިވޭލުއޭޝަން ހެދުމާއި މައުލޫމާތުތައް ސެކްޝަނާއި ހިއްސާކުރުން. 
  8. ސެކްޝަނަށް ލިބޭ ލިޔެކިއުންތައް އެންޓްރީކުރުމާއި ދުވަހުން ދުވަހަށް އެކްޝަން ނެގޭކަން ޔަޤީންކޮށް، ލިޔެކިއުންތައް ބަލަހައްޓަމުންދާ ސޮފްޓްވެއަރ ތަކުގައި ގަވާއިދުން އެ ލިޔެކިއުންތައް އަދާހަމަކުރުން.
  9. ސެކްޝަނުން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް، ގަވާއިދުން ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބައްދަލުވުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
  10. ސެކްޝަނުގެ އަހަރީ ހަރަކާތްތަކުގެ ކުއާޓަރލީ ރިޕޯޓު ހުށަހެޅުމުގެ ބައްދަލުވުންތައް ތާވަލުކޮށް، ތާވަލާ އެއްގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި ސެކްޝަނުގެ މަންތުލީ ރިޕޯޓާއި އަހަރީ ރިޕޯޓް މަސައްކަތް ކުރުން.
  11. ސެކްޝަނަށް ލިބޭ ލިޔުންތަކަށް ޖަވާބު ދިނުމާއި، ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ، ނޯޓު އަދި މެމޯ ތައްޔާރުކޮށް، ސެކްޝަނުގެ ހަފްތާ ރިޕޯޓު ތައްޔާރުކޮށް ސުޕަވައިޒަރަށް ފޮނުވުން.     
  12. މީގެ އިތުރުންވެސް ކުރަންޖެހޭ އޮފީހުގެމަސައްކަތްތައް ސުޕަވައިޒަރ އަންގާގޮތެއްމަތީން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިންޓަރނޭޝަނަލް ރިލޭޝަންސް
  • ޔޫތް ވާރކް

ކޯ ޑިސިޕްލިން:

  • އިންޓަރނޭޝަނަލް ރިލޭޝަންސް   

ޕްރިފަރޑް ޑިސިޕްލިން:

  • މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިންޓަރނޭޝަނަލް ރިލޭޝަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 9 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު،ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިހާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 2025 ޖުލައި 15 އާއި 2025 އޮގަސްޓު 14 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އަދި މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000490 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 ޖުލައި 2025
ހޯދާ