ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު IUL)232-AG/232/2015/43) ( އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އަގު ހުށަހަޅުއްވާފައިވަނީ ދެފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
މިކައުންސިލް އިދާރާގެ (ގަލްފް ކްރާފްޓް ޓޯރިންގ 36) " ރަންފަރު " ލޯންޗަށް ޕެޓްރޯލް އަޅާ ޓޭންކެއް އެލްމިނިއަމުން މިއިދާރާއިން ދޭ މިންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހެއްދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
26 ޛުލްޤަޢިދާ 1436